ހާޒިރީ އިނާޔަތް ދޭ އުސޫލަށް ގެނައި ބަދަލަކީ ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެޗްޕީޔޫއިން ބުނީ ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކުގެ 7 ވަނަ އިސްލާހުގެ ދަށުން އިތުރުގަޑީގެ ފައިސާދޭ އުސޫލަށް ރަނގަޅު ބަދަލުތަކެއް ސަރުކާރުން ގެނެސްފައިވާ ކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރުން ފެށިގެން އެ ޔޫނިއަނުން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ކުރި މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެމްއެޗްޕީޔޫއިން ވަނީ ބުނެފައެވެ.
އެ ޔޫނިއަނުން ބުނީ ސިއްހީ މަސައްކަތްތެރިންނަކީ ނުހަނު ހައްސާސީ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމީހުންގެ އާއިލާތަކާއި އަމިއްލަ ނަފުސުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ގިނަ ޤުރުބާނީތަކެއް ވަމުންދާ ފަރާތްތަކެއްކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ އިންސާނީ އަދި ވަޒީފާގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
އަދި އެމްއެޗްޕީޔޫއިން ވަނީ ރާއްޖޭގެ އެންމެހާ ސިއްހީ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އެ ޔޫނިއަނުން ވަކާލުތުކޮށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ދީފައެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 ގައި ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި ވަޒީފާއަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 އަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް ބަލައިގަނެ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.
އަދި ފަހު 10 ގައި އިތުރު ގަޑީގެ ފައިސާ ދޭނީ ވެސް ބަންދު ދުވަސްތަކާ އެއްގޮތަށް ހިސާބުކޮށްގެން ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

ދައުލަތުގެ ޕޭ ފްރޭމް ވަރކްގެ މިންގަނޑުތަކުގެ 7 ވަނަ އިޞްލާޙުގެ ދަށުން އިތުރުގަޑީގެ ފައިސާދޭ އުސޫލަށް ރަނގަޅު ބަދަލުތަކެއް ގެނެސް މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. މި ބަދަލަކީ މި ޔޫނިއަން އަދި މި ޔޫނިއަންގެ މެންބަރުން 2023ވަނަ އަހަރުން ފެށިގެން ސަރުކާރުގެ… pic.twitter.com/hbInPFJAUg
— Maldives Health Professionals Union (MHPU) (@MaldivesHPU) March 20, 2025
ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 ގައި ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި ވަޒީފާއަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 އަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް ބަލައިގަނެ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.
އަދި ފަހު 10 ގައި އިތުރު ގަޑީގެ ފައިސާ ދޭނީ ވެސް ބަންދު ދުވަސްތަކާ އެއްގޮތަށް ހިސާބުކޮށްގެން ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު