"ގަޖިނީ" ގައި އާމިރު ޚާން، ގޫގުލް އިމޭޖެސް
"ގަޖިނީ" ގައި އާމިރު ޚާން، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ފިލްމު "ގަޖިނީ" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމުގެ އިޝާރާތެއް ފިލްމުގެ ޑައިރެކްޓަރު އޭއާރު މުރުގަދޮސް ކޮށްފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި "ގަޖިނީ 2" އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭއާރު މުރުގަދޮސް ބުނެފައިވަނީ މި ފިލްމާ ގުޅޭ ގޮތުން ހިޔާލުތަކެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް އަދި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ބުނެފައިވަނީ މިހާރު އޭނާވެސް، އަދި އާމިރުވެސް މަޝްއޫލުވެ އުޅޭނީ އެހެން ޕްރޮޖްކްޓުތަކެއްގައި ކަމަށެވެ. އަދި އެ ޕްރޮޖްކްޓުތައް ނިމި ވަގުތު ލިބުމުން މިކަމާމެދު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ގަޖިނީ 2" އާ ގުޅޭ ގޮތުން މާބޮޑު މައުލޫމާތެއް ނުދިނަސް އޭއާރު މިވަނީ މި ފިލްމު އުފައްދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި އައިކޮނިކް ފިލްމު ވަރަށް އަވަށް ސިނަމާތަކުގައި އަލުން އަޅުވާނެ ކަމަށެވެ. އަދި އާމިރު އާއި ސޫރިޔާގެ ޖާދޫ ބެލުންތެރިންނަށް އަަނެއްކާވެސް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން