ބޮލީވުޑްގެ މަޝްހޫރު ތަރި އަބިޝެކް ބައްޗަންގެ ކާމިޔާބީތަކާމެދު ބައްޕައެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ފަހުރުވެރި ވާކަމަށް އަމީތާބު ބައްޗަން ބުނެފިއެވެ.
އަމީތާބު މިހެން ބުނެފައިވަނީ ޓަޝްކެންޓުގައި އޮތް ފިލްމު ފެސްޓުވަލުގައި އަބިސެކްގެ ފިލްމު "ގޫމަރު" އެޅުވުމުން އެތަނުގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބިގެންދިޔަ ލޯތްބާއި ތަރުހީބު ފާހަގަ ކުރަމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެގޮތުން މިކަމާ ގުޅޭ ގޮތުން ކުރި ޕޯސްޓުގައި އަމީތާބު ބުނީ ޓަޝްކެންޓުގެ ރައްޔިތުންގެ ފަރާތުން އަބިޝެކްއަށް ލިބުނު ލޯތްބާއި ތަރުހީބު ފެނި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި ބައްޕައެއްގެ ހައިސިއްޔަތުން އެކަމާމެދު ފަހުރުވެރި ވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އަބިޝެކްގެ ފިލްމު "ބީ ހެޕީ" ޓްރެންޑިންގައިވާ ކަންވެސް އޭނާ ވަނީ މި ޕޯސްޓުގައި ފާހަގަ ކޮށްފައެވެ.
މި ފެސްޓިވަލްގައި އަބިޝެކްވަނީ ބެލުންތެރިންނާއެކު ވަގުތު ހޭދަކޮށް މީޑިއާތަކާ ވެސް ވާހަކަ ދައްކާފައެވެ. އަދި އެތަނުގެ ސަގާފަތާ ގުޅޭ ކަންތައް ދަސްކޮށް، އެތަނުގެ ލޭންޑުމާކުތައް ބަލައި، ތަފާތު އެކިކަހަލަ ސަގާފީ ކެއުންތައްވެސް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު