ރައްޔިތުން މަޖިލިސްކުރާގެ
ރައްޔިތުން މަޖިލިސްކުރާގެ
ރައްޔިތުންގެ އަތުގައި އޮތް ވޯޓު ދިނުމުގެ ޙައްޤު މަޖިލީހުން ނިގުޅައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ރީކޯ މޫސަ މިއަދު ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވޯޓު ލުމުގެ ޙައްޤު މަޖިލީހުން އަތުލައިގަތުމަށްފަހު، ޤާނޫނު އަސާސީއަށް އިސްލާޙްގެންނައުމަށް މެންބަރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިންތިޚާބީ މަޤާމުތަކުގެ ދައުރު ދިގުދަންމާލުމަކީ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ކަމެއް ނޫންތޯ ވިދާޅުވެ، މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ އެއް ޝިޢާރު ކަމަށްވާ "ކޮބާ ކޮބާ މަގޭ ވޯޓު"ގެ ޝިޢާރުގެ ހަނދާން މިހާރު ނެތުނީތޯ ވިދާޅުވެ މޫސަ ވަނީ ސުވާލު ކުރައްވާފައެވެ.

މޫސަ މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، މިއަދު ވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ އިސްލާޙެއް މަޖިލީހަށް ހުށައަޅާފައެވެ. ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ޙަލީމް ހުށައެޅުއްވި އިސްލާޙްގައި ވަނީ، ކައުންސިލް އިންތިޚާބު ބޭއްވެންދެން މިހާރުތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ.

މިކަމާ ގުޅޭގޮތުން މޫސަ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތަކީ ދަޢުލަތުގެ އެންމެ އިސް ވެރިޔާގެ ޙައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ޙާލަތެއް ކަމަށެވެ. ވުމާއެކު، ސިއްޙީ ގޮތުންވިޔަސް އެހެން ކާރިސާއަކާއި ގުޅިގެން ވިޔަސް އެފަދަ ޙާލަތެއް އިޢުލާނު ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާގެ ފުރިހަމަ އިޚްތިޔާރާ އެކުގައި ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ އިސްލާޙާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. މިކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ޤާނޫނު އަސާސީ އިސްލާޙް ކުރެވޭނެ ޙާލަތެއް ކަމަށް އެމަނިކުފާން ޤަބޫލު ނުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން