އޮންލައިން ޕްލެޓްފޯމްތަކުން "ދަ ޑިޕްލޮމެޓް" ބެލުންތެރިންނަށް ގެނެސްދޭން އިންކާރުކުރި ކަމަށް ފިލްމުގެ ލީޑު ތަރި ޖޯން އަބްރަހަމް ބުނެފިއެވެ.
ދާދި ފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނީ މި ފިލްމު އޮންލައިން ޕްލެޓުފޯމްތަކަށް ހުށަހެޅި ކަމަށާއި، އެހެންނަމަވެސް އެފަރާތްތަކުން މި ފިލްމު ބަލައިނުގަތް ކަމަށެވެ. ޖޯން ބުނެފައިވަނީ މި ފިލްމު ދައްކަން އިންކާރުކުރަމުން މިއީ އެހާ ރަނގަޅު ފިލްމެއް ކަމަށް ނުބެލެވޭ ކަމަށް އެ ޕްލެޓްފޯމްތަކުން ބުނި ކަމަށެވެ.
ޖޯން އިތުރަށް ބުނީ މި ފިލްމު ސިނަމާގައި އަޅުވަން ނިންމީވެސް މިސަބަބާ ހުރެ ކަމަށެވެ. އަދި ސްޓޫޑިއޯތަކުންނާއި އޮންލައިނު ޕްލެޓްފޯމްތަކުން މި ފިލްމު އަޅުވަން އިންކާރުކުރި ނަމަވެސް، މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބުލިބިފައިވާކަން ޖޯން ވަނީ ފާހަގަކޮށްފައެވެ.
އޭނާ ބުނީ މި ފިލްމަށް ބެލުންތެރިންގެ ތަރުހީބުލިބޭނެ ކަމަކަށް އެއްވެސް ބަޔަކު އުންމީދު ނުކުރާކަމަށެވެ. އެހެންވެ ފިލްމަށް ލިބުނު ތަރުހީބު ފެނުމުން އޮންލައިނު ޕްލެޓްފޯމުތަކަށް ސިހުން ލިބޭނެ ކަމަށްވެސް ޖޯން ވަނީ ފާހަގަ ކޮށްފައެވެ.
ޝިވަމް ނެއާ ޑައިރެކްޓުކުރި "ދަ ޑިޕްލޮމެޓް" ގެ ލީޑުން ޖޯން ގެ އިތުރުން ފެނިގެންދަނީ ސާދިއާ ޚަތީބެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ތިއޭޓަރުތަކަށް ނެރުނީ މިމަހު 14 ގައެވެ.

ކިޔުންތެރިންގެ ހިޔާލު