"ޖޮލީ އެލްއެލްބީ 3" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
"ޖޮލީ އެލްއެލްބީ 3" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު އަކްޝޭ ކުމާރާއި އަރްޝަދު ވަރްސީގެ ކުރިއަށް އޮތް ކޮމެޑީ ފިލްމު "ޖޮލީ އެލްއެލްބީ 3" ނެރޭ ދުވަސް ހާމަކޮށްފިއެވެ.

މި ފިލްމު ނެރެން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 19 ގައެވެ. މީގެ ކުރިން މި ފިލްމު ނެރެން ހަމަޖެއްސީ މިއަހަރު އެޕްރިލް މަހު 10 ގައެވެ. ނަމަވެސް އެހެން ފިލްމުތަކާ "ކްލޭޝް" ވުމުގެ ސަބަބުން ފިލްމު ނެރުން ފަސްކުރީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގައި އަކްޝޭއާއި އަރުޝަދާ ދެމެދު ކޮމެޑީ "ފޭސް އޮފް" އެއްވެސް ހިނގާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެހެންވެ، ބެލުންތެރިން ތިބީ މި ފިލްމު ނެރޭނެ ދުވަހަކަށް ކެއްމަދުވެފައެވެ. މި ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމަށްވެސް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

މި ފްރެންޗައިސްގެ އެހެން ފިލްމުތަކެކޭވެސް އެއްފަދައިން "ޖޮލީ އެލްއެލްބީ 3" ވެސް ޑައިރެކްޓު ކުރަނީ ސުބާންޝު ކަޕޫރެވެ. އަކްޝޭއާއި އަރުޝަދުގެ އިތުރުން މި ފިލްމުގައި އަމްރިތާ ރާއޯ، ހުމާ ކުރޭޝީ، ސޯރަބު ޝުކްލާ އަދި އަނޫ ކަޕޫރުވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ހުރިހާ ތަރިންވެސް ފެނިގެންދާނީ ހަމަ މީގެ ކުރީގެ ފިލްމުތަކުގައިވެސް ފެނުނު ރޯލުތަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން