"އާރްސީ16" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
"އާރްސީ16" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
ސައުތު ސިނަމާގެ މަޝްހޫރު ތަރި ރާމް ޗަރަންގެ ކުރިއަށް އޮތް ފިލްމު "އާރްސީ16" ނެރޭ ދުވަސް ފަސްކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ނެރޭ ދުވަސް ފަސްކޮށްފައިވަނީ ނެޓްފްލިކްސް އިން މި ފިލްމުގެ އޮންލައިން ސްޓްރީމިން ރައިޓު ގަތުމުންނެވެ. މީގެ ކުރިން މި ފިލްމު ނެރެން ނިންމީ މިއަހަރު ތެރޭގައެވެ. ނަމަވެސް މިހާރު މި ފިލްމު ނެރުން އަންނަ އަހަަރަށް ފަސްވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. އަދި ފިލްމު ނެރޭ ދުވަސް ފަސްކުރީ ނެޓްފްލިކްސް އިން އެގޮތަށް އެދުމުން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ ބުޗީ ބާބު ސަނާއެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކުޅިވަރު ޑްރާމާތަކެއްގެ މައްޗަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގައި ރާމް އާއެކު ލީޑުން ފެނިގެންދާނީ ޖާންވީ ކަޕޫރެވެ. މިއީ ޖާންވީ ކަޕޫރުގެ ދެވަނަ ތެލަގޫ ފިލްމެވެ. ރާމް އާއި ޖާންވީގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝިވާ ރާޖްކުމާރު އާއި، ދިވްޔެންދޫވެސް ހިމެނެއެވެ.

“އާރްސީ16” ގެ މިއުޒިކު އުފައްދާފައިވަނީ މަޝްހޫރު މިއުޒީޝަން އޭއާރް ރަހްމާނު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން