ފިލްމުތަކަށް ބޮޑު އާމްދަނީއެއް ލިބެނީ ބެލުންތެރިން އޭނާއާ މެދު އޮންނަ ލޯބީގެ ސަބަބުން ކަމަށް ބޮލީވުޑްގެ ސުޕަސްޓާރ ސަލްމާން ޚާން ބުނެފިއެވެ.
ސަލްމާނު ގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" ލޯންޗު ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާތަކާ ވާހަކަ ދައްކަމުން ސަލްމާނު ވަނީ އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުމަށް މެދުވެރިވާ ސަބަބު ހާމަކޮށްފައެވެ.
އެގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި 100 ކަރޯޑަށް ވުރެ މަތިން އާމްދަނީ ލިބޭ ކަމަށެވެ. އަދި މިކަން މިހެން ވަނީ ބެލުންތެރިން އޭނާއަށް ދޭ ލޯބީގެ ސަބަބުން ކަމަށް ސަލްމާނު ވަނީ ބުނެފައެވެ. އަދި ފިލްމުތައް ރީތިވިޔަސް ހަޑިވިޔަސް މިކަމަކަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ ފިލްމަކީ "ސިކަންދަރު" އެވެ. މި ފިލްމުގެ އޮފިޝަލް ޓްރެއިލާ ލޯންޗު ކޮށްފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަލްމާނުގެ އިތުރުން ސިކަންދަރުގެ ހުރިހާ ކާސްޓު މެމްބަރުންނެއް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މާރޗު 30 ގައެވެ. ބެލުންތެރިން ތިބީ ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު