އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި އައްލޫ އަރުޖުންގެ ކުރިއަށް އޮތް ފިލްމުގައި އޭނާ "ޑުއަލް" ރޯލަކުން ފެނިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އައްލޫ އަރުޖުން ވަނީ ދާދި ފަހުން މަޝްހޫރު ފިލްމު ޑައިރެކްޓަރި އަޓްލީ އާއެކު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައެވެ. އެގޮތުން އޭނާ މިފަހަރު ލީޑުން ފެނިގެންދާނީ "ޕެރެލެލް ޔުނިވާސް" ފިލްމަކުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ޑައިރެކްޓަރު އަޓްލީ އަކީ "ޑުއަލް" ރޯލުތަކުގެ ފިލްމު އުފެއްދުމުގައި މަޝްހޫރިވެފައިވާ ފަރާތެކެވެ. ޓްރެކު ޓޮލީވުޑްގައިވާ ރިޕޯޓެއްގަައި ބުނެފައިވަނީ މި ފިލްމުގައި އަޓްލީގެ ސިގްނޭޗާރ ސްޓައިލު ފެނިގެންދާނެ ކަމަށެވެ. އެހެންވެ، މި ފިލްމުގައި އައްލޫ އަރުޖުން ދެ ރޯލަކުން ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
"އޭ6" ގެ ނަމުން ނަން ދެވިފައިވާ މި ފިލްމު މިހާރު ވަނީ ޕްރީ ޕްރޮޑަކްޝަން ސްޓޭޖުގައެވެ. މި ފިލްމުގެ ޝޫޓިން މިއަހަރު އޮގަސްޓާއި އޮކްޓޯބަރު މަަހާ ދޭތެރޭ ފަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު