ގަލޮޅު ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ ބިރުދައްކައި އެގެއަށް ގެއްލުންދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ މައްސަލައިގައި މި މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކުރީ އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ، މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ، އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ. އަދި އެ މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.
ކްުރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އެ ކޯޓަށް ހާޒިރުކުރުމުން އެ މީހުން އިތުރު 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ބަނީ އަމުރުކޮށްފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ހަތަރު މީހުންވެސް އެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
އަދި އެ ގެއަށް ދިޔައީ އެތަން ކުއްޔަށް ނަގައިގެން އުޅޭ މީހާ ބުނެގެން އެތަން ސާފުކޮށް މަރާމާރުކުރަން ކަމަށް ވެސް ބަންދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ.
އެ މީހުން އެތަނަށް ދިޔައީ ކުއްޔަށް ހިފާފައިވާ މީހާއާއެކު ހަދާފައިވާ ކަމަށް ބުނާ އެގްރިމަންޓް ވެސް ހިފައިގެން ނެވެ. ނަމަވެސް އެއީ ފޭކް އެގްރިމަންޓެއް ކަމަށް ފުލުހުން ބުނެއެވެ.
އެ މީހުން ގޭގެ ވެރިފަރާތަށް އިންޒާރުދީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުުރުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު