އާ އިންޖީނުގެއާއެކު ތުލުސްދޫގެ ކަރަންޓު ހިދުމަތް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ތުލުސަދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ތުލުސްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ސްޓެލްކޯ އިމާރާތުގެ މަސައްކަތް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަސްލަމް ވިދާޅުވީ ތުލުސްދޫގައި އާ އިންޖީނުގެއެއް ގާއިމް ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެމަސައްކަތް ފެށިގެން ދިއުމުން ވަރަށް އުފާވާ ކަމަށެވެ.
"މިއަދަކީ ހަމަ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން ވަރަށް ގިނަ ދުވަސް ވެއްޖެ ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިބޭތާ. އަޅުގަނޑަށް ހީވަނީ އެކަންތައް ދެންހަމަ ގާތްގަނޑަކަށް ނިމުމަކަށް އައިއްޔޭ މި،" އަސްލަމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ދެގުނަޔަށް އިތުރުކުރަންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ގެސްޓު ހައުސްތަކަށް ބޭނުންވާ މިންވަރަށް ކަނަރްޓުގެ ހިދުމަތް ލިބޭނެކަމާމެދު ވަރަށް ގިނަ އިންވެސްޓަރުން މިހާރުވެސް ސުވާލު އުފައްދަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިހާރުވެސް ވަރަށް ގިނަ އިންވެސްޓަރުން ސުވާލުކުރޭ ތިމަންނަމެންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނެހޭ. އަޅުގަނޑުމެން ބުނަން މިހާރުވެސް ލިބޭނޫންތޯއޭ ދެން އަދި ކުރިއަށް އޮތް ތަނުގަ މިއަށްވުރެވެސް ރަނގަޅަށް ލިބޭނޭ،" އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން ތުލުސްދޫގައި މި އާ އިންޖީނުގެ އެޅިގެންދިއުމުން އިންވެސްޓަރުންނަށް މިކަމުގެ އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.
މި އިންޖީނުގޭގެ މަސައްކަތް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު