"އާވާރާޕަން" ގައި އިމްރާން ހާޝްމީ، ގޫގުލް އިމޭޖެސް
"އާވާރާޕަން" ގައި އިމްރާން ހާޝްމީ، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީގެ ފިލްމު "އާވާރާޕަން" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް ހާމަކޮށްފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ވަނީ މިކަން އިއުލާން ކުރުމަށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އެ ވީޑިއޯގައި "އާވާރާޕަން" ގެ ހަނދާން އާވާކަހަލަ މުހިންމު ސީންތައް ވަނީ ހިމަނާފައެވެ. އަދި ފިލްމު ނިމިދިޔަ ގޮތްވެސް ވަނީ ހިމަނާފައެވެ.

"އާވާރާޕަން" ނިމުނުއިރު އިމްރާނުގެ ގަޔަށް ވަޒަނެއް އަރާތަން ފެނެއެވެ. ގިނަ މީހުންނަށް ހީވެފައިވީ އޭނާ މަރުވީ ކަމަށެވެ. ނަމަވެސް ފިލްމުގެ އުފެއްދުންތެރިން ހިއްސާ ކުރި ވީޑިއޯއިން އިމްރާނު ލޯ ހުޅުވާ މަންޒަރު ފެނެއެވެ. އަދި ވީޑިއޯގައި އަދި އެ ވާހަކަ ނުނިމޭކަމަށް ބުނެފައިވެސް ވެއެވެ.

"އާވާރާޕަން 2" ޕްރޮޑިއުސް ކުރަނީ ވިޝޭޝް ފިލްމްސް އިންނެވެ. އަދި މި ފިލްމުގެ ލީޑުން ފެނިގެންދާނީ ހަމަ އިމްރާން ހާޝްމީއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމުގެ ސްޓޯރީލައިން މިހާރު ވަނީ ނިމުމުގެ މަރުހަލާގައެވެ. މި ފިލްމު ނެރުމަށް ހަަމަޖެހިފައިވަނީ 2026 ވަނަ އަހަރު އެޕްރިލް މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން