"ކޭސަރީ ޗެޕްޓާ 2" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
"ކޭސަރީ ޗެޕްޓާ 2" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ ފިލްމު "ކޭސަރީ ޗެޕްޓާ 2" ގެ ޓީޒަރު އިއްޔެގެ ވަގުތެއްގައި ނެރެފިއެވެ.

މި ފިލްމަކީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ކޭސަރީ" ގެ ސީކުއެލްއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ޓީޒަރަކީ މިހާތަނަށް އަދި ބޮލީވުޑްގައި ނެރެފައިނުވާފަދަ ތަފާތު ޓީޒަރެކެވެ. އެގޮތުން ޓީޒަރުގެ ފުރަތަމަ 30 ސިކިންތުގައި އެއްވެސް ވީޑިއޯއެއް ހިމަނާފައި ނުވާއިރު، އޯޑިއޯއިން އިވެނީ ބަޑިޖަހާ އަޑާއި، ހަޅޭއްލަވާ އަޑު ފަދަ އަޑުތަކެކެވެ. މިގޮތަށް ޓީޒަރު ނެރުމުން ބެލުންތެރިން މި ފިލްމާމެދު އިތުރަށް ޝައުގުވެރިވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޓީޒަރުގައިވާ ވީޑިއޯއިން މި ފިލްމަކީ ވަރަށް ގިނަ ޖަޒުބާތުތަކުން ފުރިގެންވާ، ވަރަށް ތަފާތު ފިލްމެއްކަން އެނގިގެން ދެއެެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަކްޝޭގެ އިތުރުން އާރް މަދަވަން އާއި އަނަންޔަ ޕާންޑޭ ފަދަ ތަރިން ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގައި އަކްޝޭ ފެންނާނީ މީގެ ކުރިން ފެނިފައިނުވާފަފަ ތަފާތު ސިފައެއްގައެވެ. އަދި އާރް މަދަވަން ފެނިގެންދާނީ ބްރިޓިޝް އޮފިސަރެއްގެ ރޯލުން ކަމަށް ރިޕޯޓުގަައި ވެއެވެ.

މިއީ އިންޑިއާގެ ތާރީހުގަައި ލިޔެވިފައިވާ "ޖަލިއަންވާލާ ބާގު" ލޭއޮހޮރުވުމުގެ މަައްޗަށް ބިނާ ކޮށް އުފައްދާ ފިލްމެކެވެ.

"ކޭސަރީ ޗެޕްޓާ 2: ދަ އަންޓޯލްޑް ސްޓޯރީ އޮފް ޖަލިއަންވާލާ ބާގު" ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު އެޕްރިލް މަހު 18 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން