ފުލުހުންގެ އިދާރާ--
ފުލުހުންގެ އިދާރާ--
ފުލުހެއްގެ ގައިގައި ދަތް އަޅައިގެން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރި ވިލިމާލެ/ ހަފޮޅު، ފާތިމަތު (44އ.) ފޭރުމުގެ އަމަލެއް ހިންގައިގެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ފާތުމަތުގެ މައްޗަށް ކުރަނީ ފޭރުމާއި ހުއްދަ ނެތި އެހެން މީހުންގެ މުދަލަށް ބާރު ފޯރުވުމުގެ ތުހުމަތެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފާތިމަތު 10 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފާތުމަތަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރާ މީހެއް ކަމަށާއި އަދި ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު އޭނާއަށް ނަސޭހަތް ދޭން އުޅުނު ފުލުސް މީހާއަށް ފިލަންވެގެން ފުލުސް މީހާގެ ގައިގައި ދަތް އެޅީއެވެ.

ނަމަވެސް ދަތް އެޅިކަމަށް ފާތިމަތު އޭރު އިންކާރުކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން