ނިމި ދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފެށި 4000 ފްލެޓް ދޫކުރާ ފްލެސްޓް ލިސްޓު މުރާޖަޢާ ކޮށް މިސަރުކާރުން ނެރުނު ފްލެޓު ލިސްޓަށް 2800 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.
ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޢާއްމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓް ރިވިއުކުރުމަށް ފަހު މިދިޔަ މަހު ނެރުނު ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅީ 1820 މީހުންނަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ އެކަކުން އަންނަ މަހުގެ 15އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ރަސް"އަށް ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން މިހާތަނަށް 2843 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެއީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހެޅި 2079 ޝަކުވާއާއި ދެ ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި 764 ޝަކުވާ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނިގޮތުގައި ލިސްޓަށް މިހާތަނަށް ހުށަހަޅައިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފްލެޓް ލިސްޓު އަލުން ރިވިއުކުރުމަށް ފަހު އަލުން ނެރުނު ލިސްޓަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި މި ރޯދަ މަހު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވެސް ފްލެޓް ލިސްޓު އޮޅުވާލިކަމަށް ބުނެ އަޑުއުފުލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު