ބޮލީވުޑްގެ ސުޕަސްޓާރ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" އާއެކު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ކޭސަރީ 2" ގެ ޓްރެއިލާ ނެރޭނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީގެ ކުރީގެ ރިޕޯޓުތަކެއްގައި ބުނެފައިވަނީ "ސިކަންދަރު" ފިލްމު ނެރޭއިރު، ފިލްމާއެކު "ހައުސްފުލް 5" ގެ ޓްރެއިލަރު ނެރޭނެ ކަމަށެވެ. ނަމަވެސް މިހާރު މިނިންމުމަށް ބަދަލެއް އައިސް، އޭގެ ބަދަލުގައި "ކޭސަރީ 2" ގެ ޓްރެއިލާ ނެރެފާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ސާޖިދު ނަޑިއަދްވާލާ ގެ ފަރާތުން ކަރަން ޖޯހަރު "ހައުސްފުލް 5" ގެ ޓްރެއިލާ ނެރުން ފަސްކޮށްދޭން އެދުމުންނެވެ.
މި ދެ ފިލްމުގެ ލީޑުން ވެސް ފެނިގެންދާނީ އަކްޝޭއެވެ. އެހެންވެ، "ކޭސަރީ 2" ގެ ޓްރެއިލާ އަވަހަށް ނެރެން ނިންމީ މި ފިލްމު "ހައުސްފުލް 5" އަށްވުރެ ކުރިން ނެރޭތީއެވެ. ހައުސްފުލް ފްރެންޗައިސްގެ 5 ވަނަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން މަހުއެވެ. ނަމަވެސް ކޭސަރީ ފްރެންޗައިސްގެ ދެވަނަ ފިލްމު އެޕްރިލް މަހު 18 ގައި ނެރޭނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެހެންވެ، މިހާރު "ހައުސްފުލް 5" ގެ ޓްރެއިލާ ނެރުން ފަސްކޮށް، އޭގެ ބަދަލުގައި "ކޭސަރީ 2" ގެ ޓްރެއިލާ ނެރެން ސާޖިދުވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް މިކަން އަދި މުޅިން ފައިނަލް ކޮށްފައެއް ނުވެއެވެ.
ސަލްމާނުގެ "ސިކަންދަރު" ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 30 ގައެވެ. މިއީ މިއަހަރުގެ އެންމެ އިންތިޒާރު ކުރެވޭ ފިލްމެވެ.

ކިޔުންތެރިންގެ ހިޔާލު