"އޮފިސާ އޮން ޑިއުޓީ" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
"އޮފިސާ އޮން ޑިއުޓީ" ގެ ޕޯސްޓަރު، ގޫގުލް އިމޭޖެސް
މަލާޔަލަމްގެ ހިޓު ފިލްމު "އޮފިސާ އޮން ޑިއުޓީ" އަކީ މިހާރު ނެޓްފްލިކްސްގައި މި ރީޖަންގެ އެއްވަނައިގައި އޮތް ފިލްމެވެ.

މި ފިލްމު އޮންލައިން ޕްލެޓްފޯމަށް ނެރެފައިވަނީ މިމަހު 20 ގައެވެ. ފިލްމު ނެރުމާއެކު އެތައް ބައެއްގެ ސަމާލުކަން މި ފިލްމަށް ލިބި، ރީޖަންގެ މީހުންނަށް އެންމެ ކަމުދާ 10 ފިލްމުގެ ތެރެއިން އެއްވަނަ ޖާގަ މި ފިލްމު ވަނީ ކަށަވަރު ކޮށްފައެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ ސައުތު ސިނަމާގައި މަޝްހޫރު ކުންޗަކޯ ބޯބަން އާއި، ޕްރިޔާ މަނީއެވެ. މިއީ އެކްޝަން ތުރިލާ ފިލްމެކެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސާކަލް އިންސްޕެކްޓަރ (ސީއައި) ޕޯސްޓުން ޑިމޯޓު ކުރެވުނު ވަރަށް ހަރުކަށި އަދި ރުޅިގަދަ ފުލުސް އޮފިސަރެއްގެ މައްޗަށެވެ. މި ފިލްމުގައި އޭނާ ޑިމޯޓު ކުރަން މެދުވެރިވި ސަބަބާއި، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ވަރަށް ގިނަ ހަގީގަތްތައް ހާމަވެގެން ދެއެވެ. މީގައި އޭނާ އެފަދަ ރުޅިގަދަ މީހަކަށް ވާން ޖެހުނު ސަބަބުވެސް ދައްކުވައި ދެއެވެ.

މި ފިލްމު ނެޓްފްލިކްސް އަށް ނެރެފައިވަނީ 5 ބަހުރުވައަކުންނެވެ. އޭގެ ތެރޭގައި މަލަޔާލަމް، ހިންދީ، ތެލަގޫ، ތަމަޅަ އަދި ކައްނަޑާ ހިމެނެއެވެ.

މިއީ ވަރަށް ޝައުގުވެރި ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ފިލްމަކަށްވީއިރު، މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ. ވީމާ މި ފިލްމު ނުބަލާނަމަ، ވަގުތެއް ހޯދައިގެން މި ފިލްމު ބަލާލަން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން