މަރްޔަމް ނަހްދާ ވަޙީދު   27 މާރިޗު 2025 - 3:52
ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޕްރޮޑިއުސަރު އާމިރު ޚާން ޔޫޓިއުބު ޗެނަލްް އެއް ހަދައިފިއެވެ.

"އާމިރު ޚާން ޓޯކީސް" ގެ ނަމުގައި ތައާރަފްކުރި މި ޔޫޓިއުބު ޗެނަލްގެ މައުލޫމާތު އާމިރު ޚާން ޕްރޮޑަކްޝަންސް އިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ޗެނަލް އަކީ ބެލުންތެރިންނަށް ފިލްމީ ދުނިޔޭގެ ފަރުދާގެ ފުރަގަހުގައި ހިނގާ ކަންތައް ދައްކާލުމަށްޓަކައި އާމިރު އުފެއްދި ޗެނަލް އެކެވެ.

މި ޗެނަލް މެދުވެރިކޮށް ފިލްމު އުފެއްދުމާ ގުޅޭ އިތުރު މައުލޫމާތުތައް ބެލުންތެރިންނަށް ލިބި، މި ދާއިރާގެ މަސައްކަތްތައް ތަންކޮޅެއް ރަނގަޅަށް ހާމަވެގެން ދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެގޮތުން މި ޗެނަލް މެދުވެރިކޮށް ފިލްމުތައް އުފައްދާގޮތާއި، "ބިހައިންޑް ދަ ސީން" ފޫޓޭޖުތަކާއި، ކްރިއޭޓިވް ޕްރޮސެސް ފެނިގެންދާނެއެވެ.

އަދި މީގެ އިތުރުން މި ދާއިގައި މަސައްކަތް ކުރާ ފަންނުވެރިން މި ދާއިރާގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެކޭ ގޮތާއި، އެމީހުންގެ މަސައްކަތްތައްވެސް ޗެނަލްގައި ހިމަނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އޭގެ ތެރޭގައި ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުންގެ އިތުރުން ފިލްމީ ތަރިންގެ އިންޓަވިއުތައްވެސް ހިމެނޭނެއެވެ.

މި ޗެނަލް އާ ގުޅޭގޮތުން އާމިރު ބުނެފައިވަނީ މިފަދަ ޗެނަލެއް އުފައްފަން އަބަދުވެސް ބޭނުންވި ކަމަށެވެ. އަދި މި ޗެނަލްގެ ސަބަބުން ސިނަމާއާ ގުޅޭ ކަންތައް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަންތައް ދަސްވާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން