އެޑްވާންސް ބުކިންގެ ފުރުސަތު ހުޅުވާލުމުން ބޮލީވުޑްގެ ބްލޮކްބަސްޓަރު ތަރި ސަލްމާން ޚާންގެ "ސިކަންދަރު" ގެ 46،000 ޓިކެޓު ވިކިފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވަނީ 3 ދުވަސްތެރޭ، އިންޑިއާގެ އެންމެ މަތީ ޗެއިނުތަކުން މި ފިލްމުގެ 46،000 ޓިކެޓު ވިކިފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ފިލްމު އަޅުވާ ދުވަހުގެ ޓިކެޓުތައް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ފިލްމު ނެރެން ދުވަސް ކައިރިވަމުންދާއިރު، އެޑްވާންސް ބުކިންގައި އެކަނިވެސް މި ފިލްމަށް މިވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި އެޑްވާންސް ބުކިން ނިމޭއިރު، 2 ލައްކަ ޓިކެޓި ވިކޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އަދި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ، ފިލްމު ނެރޭ ދުވަހު އެކަނިވެސް ފިލްމަށް 31 ކަރޯރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް މި ނަމްބަރަށް ހަމަ އެންމެ ފަހު ވަގުތުވެސް ބަދަލުތަކެއް އައިސްދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމުގެ ލީޑުން ސަލްމާނާއެކު ފެނިގެންދާނީ ރަޝްމިކާ މަންދަނާ އެވެ. ފިލްމު ނެރޭ ދުވަސް ކައިރިވަމުންދާއިރު، ޓިކެޓު ވިކޭ ވަރަށް ބަލާލުމުންވެސް ބެލުންތެރިން މި ފިލްމު ބަލާލަން ކެއްމަދު ވެފައިވާވަރު ހާމަވެގެން އެބަ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު