ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ސަލްމާން ޚާން- ގޫގުލް އިމޭޖެސް
އިންޑިއާގެ ސައުތު ސިނަމާގެ އޯޑިއެންސަށް އަދިވެސް ބޮލީވުޑްގެ ފިލްމުތައް ކަމުނުދާ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސަލްމާނުވަނީ ސައުތުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބޭ ކާމިޔާބީތަކާއި، ސައުތުގެ އެކްޓަރުންގެ "ފޭންބޭސް" އާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ސަލްމާނު ބުނެފައިވަނީ ސައުތުގެ ފިލްމުތަކަށް ކާމިޔާބީ ލިބެނީ އެ ފިލްމުތަކުގެ ސްކްރިޕްޓު ރަނގަޅު ވުމުން ކަމަށެވެ.

މޮޅު ފިލްމެއް އުފައްދަން ވަރަށް ފެންވަރު ރަނގަޅު ސްކްރިޕްޓެއް ބޭނުންވާނެ ކަމަށް ސަލްމާނު ވަނީ ބުނެފައެވެ. އަދި ސައުތުގެ ފިލްމުތަކާ ވާދަވެރިވާން ބޮލީވުޑަށް އުނދަގުވަނީވެސް މި ސަބަބާހުރެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ އިންޑިއާގެ އެހެން ހިސާބުތަކުގެ މީހުން ސައުތުގެ ތަރިން ބަލައިގަންނަ ކަމަށާއި، އެ ތަރިންގެ ހުނަރަށް ތައުރީފުވެސް ކުރާ ކަމަށެވެ. އެހެން ނަމަވެސް ސައުތު ސިނަމާގެ "ފޭންބޭސް" އަދިވެސް ބޮލީވުޑްގެ ތަރިން ބަލައި ނުގައްނަ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާނު ބުނެފައިވަނީ ސައުތުގެ ވަރަށް ގިނަ ފިލްމު އުފެއްދުންތެރިންނާއެކު، ރަނގަޅު ސްކްރިޕްޓުތަކުގައި މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ފިލްމުތަކަށް އޯޑިއެންސުގެ ތަރުހީބު ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.



މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ މިކަން މިހެން ދިމާވަނީ ސައުތު އެކްޓަރުންގެ "ފޭނުން" އެފަރާތްތަކަށް މާ ބޮޑަށް ވަފާތެރި ވާތީކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން