ބަރުދަނަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެކި މީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ބުނެފިއެވެ.
ދާދި ފަހުން ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ސެލީނާ ބުނެފައިވަނީ އޭނާ ތަހައްމަލު ކުރަމުންދާ ބަލީގެ ސަބަބުން ބަރުދަން ކޮންޓްރޯލު ކުރަން ވަރަށް އުނދަގޫވާ ކަމަށެވެ. އެހެންނަމަވެސް ފިޓު ކޮށް ހުންނަން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިކަންކަމުގެ ހަގީގަތް ނޭނގޭ އެތައް ބަޔަކު އޭނާގެ ބަރުދަނާ ގުޅޭ ގޮތުން ތަފާތު އެކިކަހަލަ ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކާކަމަށް ސެލީނާ ވަނީ ބުނެފައެވެ. އަދި ލިބޭ ބައެއް ކޮމެންޓުތަކުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަަރު ކުރާ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
އޭނާ ބުނެފައިވަނީ މީހުންގެ ސިފަތަކާ ބެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، މިކަން އެންމެންވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު