ހިފްޒުކުރި ނައިފަރުގެ ކުއްޖަކަށް އެ ރަށުން މަރުހަބާ ކިޔަނީ
ހިފްޒުކުރި ނައިފަރުގެ ކުއްޖަކަށް އެ ރަށުން މަރުހަބާ ކިޔަނީ
ގިނަ ހާފިޒުންތަކެއް އުފެއްދި ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރަށް ވަގުުފު ފަންޑުން އެހީވާން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ވިދާޅުވީ ނައިފަރުގެ އެ ޤުރުުއާން ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހޯދަން އެހީއަށް އެދި އެ މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.

އެހެންވެ އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑުން އެހީތެރިވެދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ނިމިގެން ދިޔަ ހަފްތާގައި ހާފިޒުންގެ ދަސްވެނިވި ހަފްލާ ބޭއްވިއިރު އެންމެ ގިނަ ބަޔަކު ގުރުއާން ހިތުދަސްކުރި ރަށަކަށް ހޮވުނީ ވެސް ނައިފަރެވެ. އަދި ހިތުދަސްކުރި ގިނަ ދަރިވަރުން ތަމްރީންކުރި ނައިފަރުގެ ގުރުއާން ލާނިން ސެންޓަރުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން