ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑު 2" ގެ ޓީޒަރ ނެރެފިއެވެ.
މި ފިލްމަކީ 2018 ގައި ނެރުނު ފިލްމު "ރެއިޑު" ގެ ސީކުއެލްއެކެވެ. މި ފިލްމުގައިވެސް އައިއާރްއެސް އޮފިސަރުގެ ރޯލުން ފެނިގެންދާނީ އަޖޭ އެވެ. މިއީ އެކްޝަން ޑްރާމާ ފިލްމެކެވެ.
"ރެއިޑު 2"ގެ ވާހަކަވެސް ބިނާވެފައިވަނީ ބާރުވެރިކަމުގެ ސަބަބުން ހިންގާ ކޮރަޕްޝަންތަކުގެ މައްޗަށެވެ. އެގޮތުން މި ފިލްމުގައި އަޖޭ މަސައްކަތް ކުރާނީ ވަރަށް ބާރުވެރި ފަރާތަކުން ހިންގަމުންދާ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކޮށް، އެކަންތައް ހާމަ ކުރުމަށެވެ. އަދި އެ ކޮރަޕްޝަންތަކުގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ޑައިރެކްޓު ކުރާނީ ރާޖް ކުމާރު ގުޕްތާއެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އިތުރުން ރިތޭޝް ދޭޝްމުކް، ވާނީ ކަޕޫރު، ރަޖަތު ކަޕޫރު، ސޯރަބް ޝުކުލާ، ސުޕްރިޔާ ޕަޓަކު އަދި އަމިތު ސިއާލް ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ފިލްމުގެ ޓީޒަރ ނެރުމާއެކު އެއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މި ފިލްމު ނެރުމަށް ހަަމަޖެހިފައިވަނީ މިއަހަރު މޭއި މަހު 1 ގައެވެ.

ކިޔުންތެރިންގެ ހިޔާލު