މަރްޔަމް ނަހްދާ ވަޙީދު   29 މާރިޗު 2025 - 3:41
"ދޭވާ" ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
"ދޭވާ" ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ ފިލްމު "ދޭވާ" ނެޓްފްލިކްސް އަށް ނެރެފިއެވެ.

މި ފިލްމު ނެޓްފްލިކްސް އަށް ނެރެފައިވަނީ މާރޗު 28 ގައެވެ. މި ފިލްމު ސިނަމާތަކަށް ނެރުނީ މިއަހަރު ޖެނުއަރީ 31 ގައެވެ. ނަމަވެސް ފިލްމަށް ސިނަމާތަކުގައި ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިއީ 2013 ގައި ނެރުނު މަލަޔާލަމް ފިލްމު "މުމްބާއީ ޕޮލިސް" ގެ ރީމޭކެކެވެ. ނަމަވެސް ފިލްމުގެ "ކްލައިމެކްސް" އަދި ސްކްރީންޕްލޭ ހިންދީ އޯޑިއަންސާ ގުޅޭފަދަ ގޮތަކަށް ބަދަލު ކޮށްފައިވާ ކަމަށް ރިޕޯޓުގަައި ވެއެވެ.

މި ފިލްމުގައި ޝާހިދު ފެނިގެންދާނީ ވަރަށް މަސައްކަތަށް ފަރުވާތެރި ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. ނަމަވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަރު ތަހުގީގު ކުރުމުގެ ތެރޭގައި އޭނާގެ ހަނދާން ގެއްލޭ ކަމަށް ރިޕޯޓުގައި ވެއެވެ.

މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ރޯޝަން އެންޑްރޫސް އެވެ. މިއީ އޭނާ ޑައިރެކްޝަން އަށް ތައާރަފްވި ފިލްމެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝާހިދުގެ އިތުުރުން ޕޫޖާ ހެޖު، ދިޔާ ސަތަޔޭ، ކުބްރާ ސެއިޓު އަދި ޕަވައިލު ގުލާޓީ ހިމެެނޭ ކަމަށް ރިޕޯޓުގައި ވެއެވެ.

ބޮކްސް އޮފީހުގައި "ދޭވާ" އަށް މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވީނަމަވެސް، ޝާހިދުގެ އެކްޓިން އަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން