ބޮލީވުޑްގެ ސުޕަސްޓާރ ސަލްމާން ޚާންގެ ފިލްމު "ސިކަަންދަރު" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމު ސިނަމާތަކަށް ނެރުނީ އިއްޔެގެ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމު ނެރުމާއެކު އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އަދި ފިލްމު ބެލުމަށްފަހު ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ފިލްމަށް ތައުރީފް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެގޮތުން ސަލްމާނުގެ "ގްރޭންޑް އެންޓްރީ" އަށް ވަރަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އަދި ފިލްމުގައި ހިމެނޭ އެކްޝަން ސީކުއެންސުތައްވެސް ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ އިތުރުން މިއީ ފައިސާ ހަރަދު ކޮށްފައި ބަލާލަން ދާން ރަނގަޅު ފިލްމެއް ކަމުގައިވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ މިއީ ވަރަށްވެސް ފުރިހަމަ ފިލްމެއް ކަމަށާއި، އަދި މިއީ އެންމެ ފުރިހަމަ އީދު ހަދިޔާ ކަމުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމު ބެލި މީހުން ވަނީ ބުނެފައެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަލްމާނުގެ އިތުރުން ރަޝްމިކާ މަންދަނާ، ކާޖަލް އަގަރްވާލް އަދި ޕްރަޓޭކް ބައްބަރުވެސް ހިމެނެއެވެ. ފުރަތަމަ ދުވަހުވެސް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ފިލްމަށް ބޮކްސް އޮފީހުގައި ރިކޯޑު އަދަދަކަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު