ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުން އެޕްރިލް 15 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި މިއަދުން ފެށިގެން އެޕްރިލް 15 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެޕްރިލް 05 ގެ ނިޔަލަށް މި މަސައްކަތް ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން 14:30 އަށް، އަދި ރޭގަނޑު 21:30 އިން 23:00 އަށެވެ.

އަދި އެޕްރިލް 06 ވަނަ ދުވަހުން ފެށިގެން 15 އަށް މި މަސައްކަތް ކުރިއަށް ދާނީ ހެނދުނު 09:00 ން 16:00އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.

ކައުންސިލުން ބުނީ މި މުއްދަތުގައި މި މަސައްކަތް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކުވެސް މަތީގައިވާ ގަޑިތަކުގައި ކުރިއަަށްދާނެ ކަމަށެވެ.

ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޢާއްމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިސަރުކާރުގެ އިވެލުއޭޝަނަށްފަހު ފްލެޓް ލިބިފައިވަނީ 1820 މީހުންނަށެވެ.

މި ލިސްޓާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން