މިއަހަރުގެ މިހާތަނަށް 762 އެކްސިޑެންޓް ހާދިސާ ރިޕޯޓުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. މީގެ ތެރެއިން މި އަހަރުގެ ޖެނުއަރީ މަހު އެކަނިވެސް 234 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވާއިރު، ފެބްރުއަރީގައި އިތުރަށް 61 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވެއެވެ.
މި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ވައްކަމާ ގުޅުންހުރި 667 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުން މި އަހަރުގެ އިތުރުން، މިދިޔަ 16 އަހަރުގެ ހުށަހެޅުނު މައްސަލަތަކުގެ ރެކޯޑުތައް ވެސް އާންމުކޮށްފައިވެއެވެ. މި ރިކޯޑުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ.
މިދިޔަ 16 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައް:
ވައްކަން: 95،064
މަސްތުވާތަކެތި: 41،316
ޓްރެފިކް އެކްސިޑެންޓް: 40،240
ގެއްލިގެން ހޯދާ ތަކެތި: 27،158
މާރާމާރީ: 20،966

ކިޔުންތެރިންގެ ހިޔާލު