އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިދާނެކަމުގެ އުއްމީދެއް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 15 އަހަރު އަދާކުރެއްވި އިންތި މިފަދަ އިޝާރާތެއް ކުރަށްވާފައި މިވަނީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ސިޔާސީ މަސައްކަތް ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިންތި ވަނީ މީސްމީޑިއާ މެދުވެރި ކުރަށްވައި ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅަށް މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ވިސްނުންފުޅަށް ޑިމޮކްރެޓްސްގެ ރައީސް މަރުޙަބާ ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްވެސް ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް މަރުޙަބާ ވިދާޅުވެފައެވެ.
ނަމަވެސް ފައްޔާޒް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާއި ޑިމޮކްރެޓުން ޢަމަލުކުރި ގޮތުން އެމްޑީޕީގެ މެންބަރުންގެ ނުރުހުން ރައީސް ނަޝީދަށް އޮތްކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ދޮރަކީ އެންމެނަށްވެސް ހުޅުވިފައިވާ ދޮރެއް ކަމަށާއި އެހެންކަމުން ރައީސް ނަޝީދަށްވެސް މަރުޙަބާ ވިދާޅުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުމަށް ރައީސް ނަޝީދު ފާޅުކުރެއްވި ޚިޔާލުފުޅާ ގުޅިގެން އެމްޑީޕީގެ އެހާރާއި މިހާރުގެ މެންބަރުން ގެންދަވަނީ މީސްމީޑިއާގައި ތަފާތު ގިނަ ޝުޢޫރުތަކެއް ޙިއްސާ ކުރަށްވަމުންނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުޙަބާ ދަންނަވަން. https://t.co/TCNW944KAb
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 5, 2025
ރައީސް ނަޝީދުގެ ވިސްނުންފުޅަށް ޑިމޮކްރެޓްސްގެ ރައީސް މަރުޙަބާ ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްވެސް ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް މަރުޙަބާ ވިދާޅުވެފައެވެ.
ނަމަވެސް ފައްޔާޒް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާއި ޑިމޮކްރެޓުން ޢަމަލުކުރި ގޮތުން އެމްޑީޕީގެ މެންބަރުންގެ ނުރުހުން ރައީސް ނަޝީދަށް އޮތްކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ދޮރަކީ އެންމެނަށްވެސް ހުޅުވިފައިވާ ދޮރެއް ކަމަށާއި އެހެންކަމުން ރައީސް ނަޝީދަށްވެސް މަރުޙަބާ ވިދާޅުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުމަށް ރައީސް ނަޝީދު ފާޅުކުރެއްވި ޚިޔާލުފުޅާ ގުޅިގެން އެމްޑީޕީގެ އެހާރާއި މިހާރުގެ މެންބަރުން ގެންދަވަނީ މީސްމީޑިއާގައި ތަފާތު ގިނަ ޝުޢޫރުތަކެއް ޙިއްސާ ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު