ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނަ އިނގިރޭސިވިލާތަށް ލިބިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ވަނީ 70،600 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.

މިދިޔަ މާރިޗް މަހުގެ ނިޔަލަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 70،500 ފަތުރުވެރިންނެވެ. އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއިން ވަނީ 77،000 ފަތުރުވެރިން އައިސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 670،000 ފަތުރުވެރިން އައިސްފަ އެވެ. ވޭތުވެދިޔަ ތިން މަހު ވެސް، ކޮންމެ މަހަކު ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ ގާތްގަނޑަކަށް ހައެއް އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 630،000 ފަތުރުވެރިންނެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެފައިވާއިރު ސަރުކާރުން މިހާރު ދަނީ މި އަދަދު ކުރިޔަށް އޮތް ތަނުގައިވެސް އިތުރުވާނެ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަން އެގައުމުގައި ޕްރޮމޯޓުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން