މަރްޔަމް ނަހްދާ ވަޙީދު   8 އޭޕްރީލު 2025 - 9:25
"ސޮރީ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ޑައިރެކްޓަރު ނަހުލާ
"ސޮރީ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ޑައިރެކްޓަރު ނަހުލާ
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ އޮފިޝަލް ޓްރެއިލާ މިރޭ ނެރޭނެކަމަށް ޕްރޮޑަކްޝަން ޓީމުން ހާމަ ކޮށްފިއެވެ.

މީގެ ކުރިން "ސޮރީ" ގެ ޑައިރެކްޓަރު ނަހުލާ ބުނީ މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ފިލްމުގެ އޮފިޝަލް ޕޯސްޓަރު އަދި ބައެއް ލަވަތައް ނެރެން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މި ފިލްމުގެ އޮފިޝަލް ޓްރެއިލާވެސް މި ރަސްމިއްޔާތުގައި ނެރޭ ގޮތަށް ވަނީ ނިންމާފައެވެ.

މިކަމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރ ބޭރު ސްޓޭޖުގައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.

މި ރަސްމިއްޔާތު އެ ސްޓޭޖުގައި ބޭއްވުމަށް ނިންމީ ބޭނުން އެންމެންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މީގެ ކުރިން ނަހުލާ ވަނީ ބުނެފައެވެ.

"ސޮރީ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.

ނަހުލާ ބުނީ މި ފިލްމަކީ ބަލައިފި އެއްވެސް މީހެއްގެ ހިތުން ފިލައިގެން ނުދާފަދަ އަސަރުގަދަ މަންޒަރުތަކެއް އެކުލެވޭ ފިލްމެއް ކަމަށެވެ. ތިރީގައި މިވާ ޓީޒަރު ބަލާލުމުންވެސް މި ފިލްމަކީ އަސަރުން ފުރިގެންވާ ފިލްމެއްކަން ހާމަވެއެވެ.



ފިލްމު ނެރޭ ދުވަސް ގާތްވަމުން އަންނައިރު، މިހާރު ކެއްމަދުވެފައިމިވަނީ ފިލްމުގެ ޓްރެއިލާ ބަލާލުމަށެވެ. ވީމާ "ސޮރީ" ގެ އޮފިޝަލް ޓްރެއިލާއާއި އަސަރުގަދަ ލަވަތައް ބަލާލަން ބޭނުންވާނަމަ މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެލަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން