ސިއްހީ މައްސަލަތަކުގައި ޝަކުވާ ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށާއި މިއީ ރަނގަޅުކަމެއްކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ސިއްހީ އެކިއެކި މައްސަލަތައް ހާއްސަކޮށް އިހުމާލުގެ ގިނަ މައްސަލަަތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާއިން ފެންމަތިވެ އެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ މީގެ ކުރިން ސިއްހީ ކަންކަމާ ގުޅޭ ޝަކުވާ ހިފައިގެން ދަނީ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.
"އޭގެ ބަަދަލުގައި މިހާރު ހެލްތު މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާ ގިނަ. އެއީ އަޅުގަނޑު ބަލައިގަންނަނީ ޕޮޒިޓިވްކަމެއްގެ ގޮތުގައި. އެއީ އަޅުގަނޑުމެން އެ ޝަކުވާ ބަލާކަމާއި އަޅުގަނޑުމެންނަށް ކޮންމެވެސް ޖަވާބެއް ދޭނެކަން އެ ބޭފުޅުންނަށް [މިހާރު އެނގޭނެ]. " ތަސްލީމާ ވިދާޅުވި އެވެ.
ތަސްލީމާ އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކަ އެންމެ އެދެވޭ ޖަވާބެއް ނުދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ކޭސްތައް ބަލަމުން ދަނީ ވަކި ފަރާތަކަސށް ނުޖެހި ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައްސަލަ ބަލާ ގޮތް އަބަދުވެސް ކިޔައިދެން. މިހެންނޭ އަޅުގަނޑުމެން މި މައްސަލަ ބަލާފައި މި އޮތީ[ބުނެދެން]" ތަސްލީމާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު