އަހުޒަމް އަޙްމަދު   9 އޭޕްރީލު 2025 - 10:36
ސިއްހީ ހިދުމަތްދޭ ތަނެއް
ސިއްހީ ހިދުމަތްދޭ ތަނެއް
އަންނަ ހަފްތާގައި ތ. އަތޮޅުގައި ޑަޔަލިސިސް ގެ ހިދުމަތް ފަށުމަށް ނިންމައިފިއެވެ.

ހެލްތު މިނިސްްޓްރީން ބުނީ އެ ހިދުމަތް ތ. ވޭމަންޑޫގައި އަންނަ ހަފްތާގައި ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން މިމަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޑަޔަލިސިސްގެ ހިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.

ޑަޔަލިސިސްގެ ހިދުމަތް މިހާރު ނުފެށި އޮތީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގަ އެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެގޮތް ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން