ރާއްޖެއިން ފޮނުވި ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ޣައްޒާއަށް ގެންގޮސްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ މިއީ ރާއްޖޭގެ ރައްޔިތުން ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި ފައިސާގެ ތެރެއިން ގަތް ކާބޯތަކެތި ކަމަށެވެ.
"ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައި މިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާސިލްވެއްޖެ." މިނިސްޓަރު ވިދާޅުވި އެވެ.
ޣައްޒާއަށް އެ ކާބޯތަކެތި ފޮނުވި ގޮތެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް އިސްރާއިލުން އަލުން ޣައްޒާގައި ގަތުލު އާންމު ފެށިފަހުން ކާބޯތަކެތި ވެއްދުން އަނެއްކާވެސް އޮތީ މަނާކޮށްފަ އެވެ.
އިސްރާއިލުން އަލުން ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން 1000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ނެވެ.
ކާބޯތަކެތި ވެއްދުން އިސްރާއިލުން މަނާކޮށްފައިވާ އިރު ޣައްޒާގައި މިހާރު ކަރަންޓެއް ވެސް ނެތެވެ.
އެއާއެކު ޣައްޒާގެ ގިނަ ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑޫވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު