ސްޓެމް އެޑިއުކޭޝަންގެ ދާއިރާއިން ދަރިވަރުން ތަމްރީނު ކުރުމަށާއި، މީހުން ބިނާ ކުރުމަށް ހާއްސަ ސަމާލުަކަމެއް ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ނަމުގައި ރައީސް އޮފީހުން ގެނަސްދޭ ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިންގ، މެތެމެޓިކްސްގެ ދާއިރާތަކުން ނުވަތަ ސްޓެމްގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާއިހުރެ މަދުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި މުޅިންވެސް ބައްދަލުވަނީ އެކައުންޓިންގ، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުން ކަމަށް ރައީސް ވާނީ ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭގައި ހިންގާ ބައިވަރު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންވެ ސްޓެމްގެ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ދާއިރާތަކަށް އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާ ދިނުމުގައިވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިންނަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމި ހާސިލްކުރާ ކުދިންނަށް މިހާރަށްވުރެ ރަނގަޅު ފުރުސަތުތައް ހޯދައިދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު