ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރަށްވެހީންގެ ސައްލާ ފެށުމަށް އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އައު ނިޒާމެއް ނޫންކަމަށާއި ރައްޔިތުން ބާރުވެރި ކުރުވުމަށް ކައުންސިލްތަކުން ކޮށްފައިވަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން ވަޒީރު ވިދާޅުވީ މިފޯރަމްގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުން ކަމަށާއި ރައްޔިތުން ބޭނުންވަނީ ކައުންސިލްތަކުން ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ.
އެހެންކަމުން ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަށް ވަޒީރު ވަނީ ކައުންސިލްތަކަށް ގޮވާލައްވާފައެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ލޯކަލް ކައުންސިލްތައް މިހާރު އެކުލެވިގެންވާގޮތުން އެ ނިޒާމު ވެފައިވަނީ ވަރަށް ހަރަދު ބޮޑު ނިޒާމަކަށް ކަމަށާއި އެކަން ބަދަލު ކުރުމަށް ކުދި ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް އެކަމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު