ފަގީރުންގެ މެދުގައި ހަމަހަމައަށް ފިތުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ މި އަހަރުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުކަމަށާއި މިއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށެވެ.
އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި ވެސް އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަދި ހަމަހަމަ ގޮތެއްގައި ރާއްޖޭގެ ފަގީރުންގެ މެދުގައި ފިތުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުގައެވެ." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ވަނީ ޣައްޒާއަށް ވެސް ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު