ކަރަންޓު މަސައްކަތެއް ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 2 އިން މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލު ކޮށްފައިވާތީ އެކި ދުވަސްތަކަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް އެކި ދުވަހު އެކި ޓަވަރުން ވަކި ގަޑިތަކަކަށް ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ވަނީ ހިޔާ 1 ވަނަ ޓަވަރުގެ އެޕާޓްމެންޓުތަކުން 30 މިނެޓަށް ކަރަން ކަނޑާފައެވެ.
އަދި ހިޔާގެ ދެވަނަ ޓަވަރުގައި މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު މަސައްކަތްތަކެއް ކުރާތީ އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިންވަނީ އެކަމުން ދިމާވެދާނެ ދަތިތަކަށް ރައްޔިތުންގެ ފަރާތުން މައާފަށް އެދިފައެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/hr8JP7U62J
— STELCO (@STELCOMALDIVES) April 13, 2025
އެގޮތުން މިއަދު ވަނީ ހިޔާ 1 ވަނަ ޓަވަރުގެ އެޕާޓްމެންޓުތަކުން 30 މިނެޓަށް ކަރަން ކަނޑާފައެވެ.
އަދި ހިޔާގެ ދެވަނަ ޓަވަރުގައި މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު މަސައްކަތްތަކެއް ކުރާތީ އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިންވަނީ އެކަމުން ދިމާވެދާނެ ދަތިތަކަށް ރައްޔިތުންގެ ފަރާތުން މައާފަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު