ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
އައިލޭންޑް އޭވިއޭޝަންގެ ރިހުޔޫބިލް މުނާސަބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިގްތިސާދު ހިފެހެއްޓުމުގައި އައިލޭންޑު އޭވިއޭޝަނުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ތަރައްޤީ ދަމަހައްޓައިދިނުމުގައިވެސް އައިލޭންޑް އޭވިއޭޝަނުން މުހިންމު ދައުރެއް އަދާކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރަމުންދާ މަސައްކަތްތަކާމެދު ފަހުރުވެރިވާ ކަމަށެވެ.



އައިލޭންޑް އޭވިއޭޝަން އުފެދިފައިވަނީ 2000 ވަނަ އަހަރުގެ އެޕްރިލް 13 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުންޏެވެ. އައިލޭންޑް އޭވިއޭޝަނުން ދަނީ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކޮށް، ބޭރުގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން