ޓެކްސީތަކުން ރަނގަޅަށް ހިދުމަތް ދޭން ފަށައިފިނަމަ ސަރުކާރުން ފަށާ ޓެކްސީ ލައިން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވައިފި އެވެ.
ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމުގެ ގޮތުން އެމްޓީސީސީ މެދުވެރިކޮށް އަންނަ ޖުލައި މަހު އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެން ޓެކްސީ ލައިނެއް ފަށަން މިހާރު ދަނީ ތައްޔާރުވަމުން ނެވެ. އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ އިރު މިއީ ސީދާ ސަރުކާރުން އެ މީހުންގެ ވިޔަފާރި ހަލާކުކޮށްލުން ކަމަށް އެ މީހުން ދަނީ ބުނަމުން ނެވެ.
ނަމަވެސް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަަރު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ސަރުކާރުން ފެށިނަމަވެސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރިއަށް ގެއްލުންވާނެ ކަމަށް ދެކި، އެއްގޮތަކަށް ވެސް އެ ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
އަދި އެކަން ސަރުކާރުން ފަށަނީ އެފަދަ ފަރާތްތަކުގެ މުޅި ވިޔަފާރި ނަގާކަށް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޢަދި އެހެން އޮޕްޝަނެއް ދަންނަވާފާނަން. ތާ އަބަދަށް ކުރަން ޖެހޭ ކަމެއް ވެސް ނޫން. މިހާރު މިސާލަކަށް އަޅުގަނޑުމެން ޓެކްސީ ލައިނެއް ހަދައިގެން ބޭނުންވާ މިންގަނޑަށް މި ހުރިހާ ސާވިސްތަކެއް އައިސިއްޔާމު މި ހަމަ ވެދާނެ، މިސާލަކަށް އޯވާދަ ފައިވް ސިކްސް އިޔާސްއިން (ފަހެއް ނޫނި ހަ އަހަރު ފަހުން) އެ ހިދުމަތް ރަނގަޅުވެގެން އާންމު ފަރާތްތަކުން ކުރާކަމަށް ވަންޏާމު އެމްޓީސީސީގެ ޓެކްސީ ލައިން ކޮންމެހެނެއް ނުޖެހޭ ތާ އަބަދަށް ބާއްވާކަށް ވެސް. އެ ހަމަ އޮޕްޝަނެއް އެވެސް ދެއްތޯ. އެހެންވީމާ އެގޮތަށް ޕްލޭންކުރި ވާހަކައެއް ވެސް ނޫން މި ދެންވެނީ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޭނުންވަނީ އާންމުންނަށް ބޭނުންވާ ޑިމާންޑާ އެއްވަރަށް ހިދުމަތް ރަނގަޅުކޮށް ނުވަތަ ވަކި މިންގަނޑެއްގައި ހިދުމަތް ހިފެހެއްޓުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު