މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާއާއި ގުޅިގެން ބަންދުކުރި އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވަން އެއްބަސްވެއްޖެއެވެ.
މަރާމާތަށްފަހު ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ޝަންގްރިލާ މެނޭޖްމަންޓާ މަޝްވަރާކޮށް، އެކަމަށް މިހާރު ވަނީ އެއްބަސްވެފައެވެ.
ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވުޒާރާއިން ޝަންގްރިއްލާގެ އިސް މެނޭޖްމަންޓާއެކު ބޭއްވި މި ބައްދަލުވުމުގައި، ސަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް މިސްޓަރ ކްރިސްޓޮފަރ ފޮންގް، އެ ރިސޯޓް ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަތައް ދެއްވިއެވެ.
މި ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާާއާއި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަންވެސް ވަނީ ހާމަކޮށްފައެވެ. އަދި މިކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މި މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްސީލީ ރޯޑްމެޕެއް އެކުލަވާލައި ރިސޯޓު ހުޅުވުމުގެ މަސައްކަތް އަވަސްމުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިއްލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގަތް ކަމަަށެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމްގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އަދި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފަރ ފޮންގް ގެ އިތުރުން ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ނިލޯ އަދި ޑިރެކްޓަރ އޮފް ގަވަރމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޝަންގްރިއްލާގެ ފަސް ސީނިއަރ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2008 ވަނަ އަހަރު ހުޅުވި ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ ކޮވިޑުގެ ތެރޭގައި 2020 ގެ މެދުތެރޭގަ އެވެ. ޝަންގްރިއްލާ އަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު