ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
އިންނަމާދޫގައި ހިނގާދިޔަ މާރާމާރީއަކާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމަށް އެ ރަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުން ހެކި ހުށަހަޅާފައިވަނިކޮށް އިންނަމާދޫ ކޯޓުން މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

އަދި މި މައްސަލައިގައި ހެކި ހުށަހަޅާފައިވަނިކޮށް ހެކި ނެތްކަމަށް ބުނެ ފަނޑިޔާރު މައްސަލަ ނިންމާފައި އޮތުމުން އެ މައްސަލަ ބަލައިދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވުމަށް ވެސް ނިންމަވާފައިވާކަމުގައި ޕީޖީ ކުރެއްވި ޓްވީޓްގައި ވެއެވެ.

އުމުރުން 28 އަހަރުގެ ބަންގްލަދޭޝް މީހަކަށް ހަމަލާދީ، އޭނާގެ ނޭފަތްމަތި ފަޅާލައި ވާތު ލޯ ކައިރިވެސް ފަޅާލި މައްސަލާގައި ހައްޔަރު ކުރި ދެ ދިވެހިން ދޫކޮށްލީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު އިންނަމާދޫ ކޯޓަށް ދިއުމުންނެވެ. އެ މައްސަލައިގައި ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ ހެކި ނެތްކަމަށް ބުނެއެވެ.

ބަންގްލަދޭޝް މީހާއަށް ޙަމަލާ ދިނުމުގެ އިތުރުން، އެ ދެމީހުން ވަނީ ބަންގްލަދޭޝް މީހާ މަސައްކަތްކުރަން ގެންގުޅުނު މެޝިނަރީޒަށްވެސް ފެންޖަހާ ގެއްލުން ދީފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިކަމާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން