ސިއްހީ ދާއިރާގައި ދިވެހީންގެ ނިސްބަތް އިތުރުކުރަން 1500 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ މީޑިއާއަަކަށް ދެއްވި އިންޓަވިއުއެއްގައި ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މި އަހަރު ދޫކުރާ ސްޓޫޑަންޓް ލޯނު ސްކީމުގެ ބޭރުން މި އަހަރު ދެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި ހެލްތު ސެންޓަރުތަކަށް ބޭނުންވާ ސްކޭން ކުރާ މީހުންނާއި އެ ދާއިރާގައި ހިމެނޭ ވަރަށް ގިނަ ވަޒީފާތަކަށް މީހުން ބިނާކުރަން ނިންމާފައިވާ ކަަމަށް ޝަފީއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭގެ 1500 ފުރުސަތު އެބަ ހުޅުވާލަން. އެއީ ހަމަ ބޮޑަށް ސްކޮލަޝިޕްތަކެއްގެ ގޮތުގައި ފަހިވެގެން ދާނީ. ބޭނުންވަނީ ހަމަ މާލެއާއި އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގައި ބޭރު މީހުން މި ގެންގުޅޭ ދާއިރާތަކަށް ދިވެހީން ނެރުން." ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އެ 1500 ސްކަލަޝިޕްގެ ފުރުސަތު ހުޅުވާލާނީ ވަކި ތަންތަނެއްގައި މަސައްކަތް ވެސް ކުރަން ޖެހޭ ގޮތަށް ކަމަށެވެ. އެހެން ނޫންނަމަ އޭގެ ބޭނުމެއް ނުފެންނާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ އިތުރުން ރިސޯޓުތަކުގައި އުޅޭ ފަރާތްތަކަށް ބޭރު ބަސްތައް ދަސްކޮށް ދިނުމަށް ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު