"އަބަދަށް" ގެ ޕޯސްޓަރު
"އަބަދަށް" ގެ ޕޯސްޓަރު
މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމު "އަބަދަށް" މިއީ މި އަހަރު ސިނަމާތަކަށް ނެރޭ އެންމެ ފުރަތަމަ ދިވެހި ފިލްމެވެ.

މި ފިލްމުގެ ޓްރެއިލާ ނެރުމާއެކު ގިނަ ބައެއްގެ ނަޒަރު ޓްރެއިލާއަށް ހުއްޓިފައިވާއިރު، މުޖްތަމައުގައި ހިނގާ ތަފާތު އެކިކަންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޓްރެއިލާ ބަލާލުމުންވެސް މިއީ ތަފާތު ފިލްމަކަށް ވާނެކަން ޔަގީންވެއެވެ. އިހުސާސްތަކުން ފުރިގެންވާ މަންޒަރުތަކާއި، އެކްޝަން މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިފައިވާއިރު، ޓްރެއިލާގައި ހިމަނާފައިވާ ވޮއިސް ކްލިޕް ތަކުންވެސް ދީފައިވަނީ ފުން މެސެޖުތަކެކެވެ.

ނޫރް އެންޑް މޫވީސް އިން ގެނެސްދޭ "އަބަދަށް" ފިލްމަކީ ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިން ހިމަނައިގެން އުފައްދާ ފިލްމެކެވެ. އެގޮތުން ބަލާއިރު ފިލްމުގެ މުހިންމު ރޯލުތަކުން ޔޫސުފް ޝަފީއު (ޔޫއްޕެ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ޝާރިފް އަހުމަދު، ސޫޒަން އިބްރާހިމްފުޅު އަދި ވާޝިޔާ މުހައްމަދު ފެނިގެންދާނެއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 28 ގައެވެ. ފިލްމުގެ ޓިކެޓުތައް ބުކް ކުރަން މިމަހު 10 ވަނަ ދުވަހު ހުޅުވާލުމާއެކު މިއަށް އޮތް ތަރުހީބު ވަނީ ހާމަވެގެން ގޮސްފައެވެ.

ފިލްމުގެ ޓިކެޓުތައް ބުކް ކުރަން ހުޅުވާލިތާ މާ ގިނައިރުތަކެއް ނުވަނީސް ފުރަތަމަ ތިން ޝޯގެ ޓިކެޓު ވަނީ އެއްކޮށް ހުސްވެފައެވެ. އަދި ފިލްމަށް އޮތް ޑިމާންޑު ބޮޑުވެ، މިހާރު އަނެއްކާވެސް އިތުރު 3 ޝޯ ގެ ޓިކެޓު ވިއްކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ފަށާފައެވެ.

މިހާރު ފިލްމުގެ 4، 5، އަދި 6 ވަނަ ޝޯގެ ޓިކެޓުތައް އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ހުސައިން ނޫރައްދީން (ނޫރު) ވަނީ ބުނެފައެވެ. ޓިކެޓު ބުކް ކުރުމަށް ގުޅާލަން ޖެހޭނީ 7447555 އަށެެވެ. މި ނަމްބަރަށް ވައިބާ ކޮށްގެންވެސް، އަދި މެސެޖު ކޮށްލައިގެންވެސް ޓިކެޓު ބުކިން ހަދާލެވޭނެއެވެ.

މި ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓުތައް ވިއްކާފައިވަނީ 200 ރުފިޔާ އަށެވެ. އެހެން ހުރިހާ ޝޯއެއްގެ ޓިކެޓުވެސް ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ.

ފިލްމާ ގުޅޭ ގޮތުން ރަސް އާ ވާހަކަ ދައްކަމުން ނޫރު ބުނީ ފިލްމު ބަލާ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅު މެސެޖުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި "އަބަދަށް" އަކީ ފިލްމެއްގައި ހުންނަން ޖެހޭ ހުރިހާ ރަހައެއް ހިމަނައިގެން އުފައްދާފައިވާ ފިލްމެއް ކަމަށްވެސް ނޫރު ވަނީ ބުނެފައެވެ.

"ބެލުންތެރިން ބަލަން ބޭނުންވާ ހުރިހާ ރަހަތަކެއް މި ފިލްމުން ފެންނާނެ. މާނައަކީ ހިތާމައާއި، ރުޅިވެރިކަމާ، ސަސްޕެންސާ ބިރުވެރިކަންފަދަ ހުރިހާ އިހުސާސްތަކެއް މި ފިލްމުން ފެނިގެންދާނެ." ނޫރުގެ މި ކޮމެންޓުންވެސް އެނގިގެންދަނީ މިއީ ވަރަށްވެސް ތަފާތު ފިލްމެއް ކަމެވެ. އަދި ކޮންމެ މީހަކަށްވެސް ކަމުދާ ކޮންމެވެސް އެއް ކަމެއް މި ފިލްމުގައި ވާނެކަމެވެ.

28 ގައި ފިލްމުގެ ޕްރިމިއާ ޝޯ ބާއްވާއިރު، އެ ޝޯ ވަރަށް ކުލަގަދަކޮށް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނޫރު ވަނީ ބުނެފައެވެ. ހަމަ ޔަގީނުންވެސް މިއީ ފިލްމުގެ ބުކިން އެންމެ ފުރަތަމަ ހެދި ފަރާތްތަކަށް ލިބިގެންދާނެ ވަރަށްވެސް އުފާވެރި ހަބަރެކެވެ.

ފިލްމު ބަލަން ދާ އެއްވެސް މީހަކު އެކަމާ "ރިގްރެޓް" ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން "އަބަދަށް" ގެ ޕްރޮޑަކްޝަން ޓީމުން ވަނީ ދީފައެވެ. ވީމާ ފުރަތަމަ ތިން ޝޯގެ ޓިކެޓެއް ނުލިބުނަމަވެސް، މިއޮތީ އަނެއްކާވެސް ރަނުގެ ފުރުސަތެކެވެ. ވަގުތު ފާއިތު ނުވަނީސް ފިލްމުގެ 4، 5، އަދި 6 ވަނަ ޝޯގެ ތެރެއިން ކޮންމެވެސް އެއް ޝޯއެއްގެ ޓިކެޓު ލިބޭތޯ އަވަހަށް މަސައްކަތް ފަށަން ވަރަށް މުހިންމެވެ. ފަހަށް މަޑުކުރަން ހަދައިގެން އެއްވެސް ޝޯއެއްގެ ޓިކެޓު ނުލިބިވެސް ހިނގައިދާނެ އެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން