ބޯޑިން ޕާހެއް ހިފަހައްޓައިގެން ހުރި މީހެެއް
ބޯޑިން ޕާހެއް ހިފަހައްޓައިގެން ހުރި މީހެެއް
ޗެކިންވެސް ނުކޮށް، އަދި ބޯޑިން ފާހެއްވެސްނެތި ދަތުރުފަތުރުކުރެވޭނެހެން އެއާޕޯޓުގެ ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަން އިންޓަނޭޝަނަލް ސިވިލް އޯގަނައިޒޭޝަން (އައިސީއޭއޯ) ނިންމައިފިއެވެ.

ކުރިއަށް އޮރް ދެތިން އަހަރު ތެރޭ މި ބަދަލު ގެނައުމަށް މިހާރު އައިސީއޭއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ބަދަލުތައް ގެނައުމުން ފްލައިޓު ބުކް ކުރާއިރު ކޮންމެ ފަސިންޖަރެއްގެ ފޯނަށްވެސް "ޖާނީ ޕާސް" އެއް ލިބޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ޖާނީ ޕާސްގައި ދަތުރާ ގުޅޭ ހުރިހާ މައުލޫމާތުތަކާއި، ދަތުރުކުރާ ފަރާތުގެ މައުލޫމާތު އެކުލެވޭނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މިގޮތަށް އެއާޕޯޓުތަކުގެ ގަވާއިދުތަކަށް ބަދަލު ގެނައުމުން ގައުމުތަކަށް ދަތުރު ކުރާއިރު ބޭނުންވާނީ ހަމައެކަނި ޑިޖިޓަލް އައިޑީކާޑެވެ. ކޮންމެ ފަދިންޖަރަކުވެސް ފްލައިޓަށް އަރަމުން ޑިޖިޓަލް އައިޑީ ދައްކާލުމުން ކޮންމެ ގައުމަކަށްވެސް ދަތުރު ކުރެވޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިއީ ފާއިތުވި 50 އަހަރަށް ބަލާއިރު، އޭވިއޭޝަން ގަވާއިދުތަކަށް ގެނެވޭ އެންމެ ބޮޑު، އަދި އެންމެ ހެޔޮ ބަދަލު ކަމަށް ބައެއް ރިޕޯޓުގަކުގައި ފާހަކޮށްފައި ވެއެވެ.

މި ނިޒާމު ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ބޯޑިންގ ޕާސްތަކާއި، ޕާސްޕޯޓު ޗެކުކުރުމާއި، އަދި ގިނަ ތަންތަނުގައި ޖިސްމާނީގޮތުން އައިޑީ ވެރިފައިކުރަންޖެހޭ ކަންތައްތައް ނައްތާލެވޭނެއެވެ. އަދި މުހިންމު ތަންތަނުގައި ބެހެއްޓިފައިވާ މޫނު ދެނެގަންނަ ސްކޭނަރުތަކުން ފަސިންޖަރުން ދެނެގަނެ، އެމީހުން އައިސްފައިވާކަން އެއަރލައިންތަކަށް އަންގައިދޭނެއެވެ.



އަދި ހަމައެކަނި ހޭންޑް ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް، ސެކިއުރިޓީ އެންޓްރެންސްގައި މޫނު ސްކޭންކުރުމުން އެއްވެސް ޖިސްމާނީ ޗެކް-އިނެއް ބޭނުންނުވެ ދަތުރު ކުރެވޭނެއެވެ. ޗެކް-އިން ކުރަންޖެހޭ ދަބަސްތައް ގެންދާ މީހުންނަށް، ބޭގް ޑްރޮޕްގައި ވެރިފިކޭޝަން ހަދާލެވޭނެއެވެ. މި ދެ ހާލަތުގައިވެސް، ފަސިންޖަރުން އެމީހުންގެ ޕާސްޕޯޓު ނުވަތަ ބޯޑިންގ ޕާސް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިކަމުގެ ސަަބަބުން ވަގުތު ސަލާމަތްކުރެވި، ފަސިންޖަރުންނަށް އިތުރު ލުއިތަކެއް ލިބިގންދާނެއެވެ.

އައިސީއޭއޯއާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން އިންޑަސްޓްރީތަކުން މިހާރު މިގޮތަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި އައު ސިސްޓަމް ތައާރަފްކުރެވުމުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން އިތުރަށް ފަސޭހަވެގެންދާނެއެވެ. މިއީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފައި، ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން