އިނގިރޭސިވިލާތުގައި 85 މުސްލިމުންގެ މަހާނައަކަށް ގެއްލުން ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ގެއްލުންދީފައިވަނީ އިނގިރޭސިވިލާތުގެ ވޯޓްފޯޑުގައި ހުންނަ "ކާޕެންޑާސް ލޯން ސިމެޓްރީ" ނަމަކަށް ކިޔާ ގަބުރުސްތާނަށެވެ.
އިނގިރޭސިވިލާތުގެ ފުލުހުން ބުނީ ގެއްލުންދީފައި ހުރީ އެ ގަބުރުސްތާނުގައި މުސްލިމުންނަށް ވަކިން ހާއްސްކޮށްފައި ހުރި ބައިގައި ހުރި މުސްލިމް އަންހެނުންނާއި ކުޑަކުދިންގެ މަހާނަތަކަކަށް ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމާއެކު އިނގިރޭސިވިލާތުގެ ފުލުހުން އެ ސަރަހަައްދު އިތުރަށް ޕެޓްރޯލް ކުރަން ފަށާފައިވާ އިރު މަހާނަތަކަށް ގެއްލުން ދިން މައްސަަލައާ ގުޅޭ މައުލޫމާތު އެނގޭ މީހަކު އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އިނގިރޭސިވިލާތުގެ ފުލުހުން ބުނީ އެ މައްސަލަ މިހާރު ބަލަމުން ދަނީ މުސްލިމުންނާ ދެކޮޅަށް ހިންގި އަމަލެއްގެ ގޮތުގައި ކަމަށެވެ.
އިނގިރޭސިވިލާތުގައި ހަތަރު މިލިއަނެއްހާ މުސްލިމުން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ދެކުނު އޭޝިއާއާއި އެފްރިކާ އަދި މެދު އިރުމަތިން ހިޖުރަކުރި މީހުންނާއި އެ މީހުންގެ އާއިލާތަކުގެ މީހުން ނެވެ. ގިނަ މުސްލިމުންގެ އަތުގައި އިނގިރޭސިވިލާތުގެ ރައްޔިތުކަން ވެސް އޮެވެއެވެ. އެހެން ނަމަވެސް މުސްލިމަކަށް ވީތީ އެ ގައުމުގެ މުސްލިމުންނަށް ބޮޑެތި ފުރައްސާރަތަކާ ކުރިމަތިލާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު