މީގެކުރިން މަސައްކަތްކުރިގޮތުން މާލޭ ހުކުރު މިސްކިތުގެ އަސްލަށް ވަނީ ގެއްލުންވެފައިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ މީގެ ކުރިން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރި މަސައްކަތުގައި އިހުމާލުވުމުގެ ސަބަބުން ހުކުރު މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާ ކަމަށެވެ.
އަދި މިސަރުކާރުން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށާއި ޖޫން 2023ގެ ފަހުން ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު މިސްކިތުގައި އިތުރު ތަނބުތަކެއް ޖަހައި މިސްކިތުގެ އަސްލަށް އަސަރުކުރާފަދަ ކަމެއް ހިނގާފައިވާނަމަ އެއީވެސް ކުރީގެ މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
“މި ސަރުކާރުން ޖެހި އެންމެ ތަނބެއްވެސް ނުހުންނާނެ. އަޅުގަނޑުމެން އައިއިރު އެ ތަނބުތައް ވަނީ ޖަހާފައި.” ވަޒީރު އާދަމް ނަސީރު ވިދާޅުވި އެވެ.
އޭގެއިތުރުން ވަޒީރު އާދަމް ނަސީރު މިއަދު ވަނީ، މިސްކިތުގެ އާބާތުރަ ފިލުވުމަށް ބޭނުންކުރި މާއްދާއެއްގެ ސަބަބުން މިސްކިތުގެ ބެރިތައް ވަަރަށް ބޮޑަށް ހަލާކުވެ ގެއްލުން ލިބިފައިވާ ކަމަށާއި، މަތިވަޑާންގަނޑުގެ ލިޔުންތައްވެސް ކެމިކަލްގެ ސަބަބުން ފުހެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ލިބިފައިވާ ގެއްލުންތަކުގެ ބައެއް ފޮޓޯތައްވެސް ވަޒީރު މިއަދުވަނީ މަޖިޅިހުގެ މެންބަރުންނަށް ދައްކަވާ ލައްވާފައެވެ.
މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި

ކިޔުންތެރިންގެ ހިޔާލު