މިމަހު ބޯންމެރޯ ފަރުވާއަށް ފުރާ ތިން ކުދިންނާ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.
މިއަދު ސިއްހަތާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، އޭޕްރީލް 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ތިން ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ. ވަޒީރު ވަނީ މި ބައްދަލުވުމުގައި އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ހިތްވަރުދެއްވައި، ފަރުވާއާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސިއްހީ ވުޒާރާއިން އިތުރަށް ބުނީ މި ތިން ކުދިންގެ އިތުރުން އިތުރު ދެ ކުދިން ވެސް ބޯންމެރޯ ފަރުވާއަށް ފުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު މަދުވެގެން ތެލެސީމިއާ ބަލީގެ 10 ކުދިން ބޯންމެރޯ ފަރުވާއަށް ފޮނުވުން ކަމަށް ވުޒާރާއިން ބުންޏެވެ.
ބޯންމެރޯ ފަރުވާއަށް ފުރުމުގެ ކުރިން ތެލެސީމިއާ ބަލި މީހުން އެޗްއެލްއޭ ޓެސްޓް ހަދަންޖެހެއެވެ. މިއީ ބޯންމެރޯ ޓްރާންސްޕްލާންޓަށް ދިމާވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މިދިޔަ އަހަރުން ފެށިގެން މި ޓެސްޓް ރާއްޖޭގައި ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އިއްޔެ ވަނީ މޯލްޑިވިއަން ބްލަޑް ސާވިސްގައި މި ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއްވެސް ބާއްވާފައެވެ.
ފާއިތުވި އަހަރު ސަރުކާރުން ވަނީ ބޯންމެރޯ ފަރުވާއަށް 14 ކުދިން ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ މިހާރުވެސް ކުރިއަށްދާއިރު، އަނެއްބައި ކުދިން ވަނީ ފަރުވާ އެއްކޮށް ނިންމައި ރާއްޖެ އައިސްފައެވެ.
ތެލެސީމިއާ ބޯންމެރޯ ފަރުވާއަކީ ތެލެސީމިއާ ބަލި މީހުންނަށް ދާއިމީ ޙައްލެއް ހޯދައިދޭ ފަރުވާއެކެވެ. މި ފަރުވާ ކާމިޔާބުވުމުން، ބަލި މީހާއަށް ލޭ އެޅުމުގެ ބަދަލުގައި އާންމު ދިރިއުޅުމެއް އުޅެވޭނެއެވެ. ނަމަވެސް މި ފަރުވާއަކީ ޚަރަދު ބޮޑު އަދި ފަންނީ ގޮތުން އުނދަގޫ ފަރުވާއެއްކަން ފާހަގަ ކުރެވެއެވެ. އެހެންވެ އަމިއްލަ ހަރަދުގައި ކޮންމެ މީހަކަށް މި ފަރުވާ ހޯދުން އެއީ ފަސޭހަ ކަމަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު