ހުޅުމާލޭގައި ވަގުތީ ޖަލެއް އަޅަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ ހުޅުމާލޭގައި ވަގުތީ ޖަލެއް އަޅަން ނިންމައި އެކަމަށް ބިމެއްވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެ ބިން ހަމަޖައްސާފައި ވަނީ ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިމުންނެވެ.
އިޙްސާން ވިދާޅުވީ، ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިމާ މެދު ގޮތެއް ނިންމުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކަރެކްޝަންސާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު ވަގުތީ ގޮތުން ޖަލެއް އެޅުމަށް އެތަން ކަރެކްޝަންސަށް ދޫކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ވަގުތީ ޖަލެއް އަޅަން ނިންމީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމަން ގާތްގަނޑަކަށް ތިން އަހަރުވަރު ނަގާނެތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަލަށް ހަދާ ވަގުތީ ޖަލު ވާނީ ޕްރީ-ފެބްރިކޭޓްކޮށް ހަދާ ތަނަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަށް މަސް ތެރޭގައި އެތަން ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު