ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ސިއްހަތާ ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެެވެ.

މިއަދު ސިއްހަތާ ބެހޭ ވުޒާރާއިން ކުރި އިއުލާންތަކެއްގައި ބުނީ 40 ޑޮކްޓަރުންނާއި 70 ނަރުހުން ބޭނުންވާ ކަމަށެވެ. މިއީ ވުޒާރާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ހޯދާ ޑޮކްޓަރުންނާއި ނަރުހުން ކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ.

މި އިއުލާނުގައި ބުނެފައިވާ ގޮތުން ޑޮކްޓަރުން ހޯދަނީ މައިގަނޑު އަށް ދާއިރާއަކުންނެވެ. އެއީ ޕީޑިއަޓްރިޝަން، އޮޕްތަމޮލޮޖިސްޓް، ފިޒިޝަން، އެނެސްތެޓިސްޓް، އޯތޮޕީޑިސްޓް، ސާޖަން، ރޭޑިއޮލޮޖިސްޓް އަދި ގައިނިކޮލޮޖިސްޓެވެ.

މިއިން ކޮންމެ ދާއިރާއަކުން ހޯދަން އިއުލާންކުރީ ފަސް ޑޮކްޓަރުންނެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ އެ ދާއިރާތަކުގެ މީހުންނަށް އެޕްލައި ކުރަން ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން