”އަލްމަރުހޫމް މޫސާ ނާޞިރުގެ ހަނދާނީ ޤުރްއާން މުބާރާތް 1446“ ނިންމުމުގެ ރަސްމީޔާތު މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި ރަމަޟާން މަހުގެ ތެރޭގައެވެ. އެގޮތުން މާރިޗް މަހުގެ 15 އިން 18 އަށް ކުރިޔަށް ދިޔަ މި މުބާރާތުގެ ފުރަތަމަ އަހަރުގައިވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލިކަންވެސް ފާހަގަ ކުރެވެއެވެ.

މުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ވަނީ ކަނޑައެޅިފައެވެ.

މި ޤުރުއާން މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އެއް ފަރާތަކީ އަލީ ޝައުޒޫންއެވެ. ޝައުޒޫން ވަނީ މި މުބާރާތް ނިމުމުގެ ރަސްމިއްޔާތަށް މުބާރާތް އަޑުއައްސަވަން ވަޑައިގެންނެވި ހުރިހާ ފަރާތްތަކުންވެސް ވަޑައިގެންނެވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އޭރު ލިބުނު ކޫޕަންކޮޅު ހިފައިގެން އައުމަށްވެސް ޝައުޒޫން އެދިލެއްވިއެވެ.

މުބާރާތް ނިމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ(17 އޭޕްރިލް 2025) 20:30 ގައި މަރަދޫ ބަނދަރު ސަރަހައްދުގައެވެ.

މިއީ އައްޑޫސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ދީދީގެ ބައްޕަ، އަލްމަރްހޫމް މޫސާ ނާސިރުގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ދިވެހިންނަކީ ކީރިތި ޤުރުޢާން ކިޔަވާހިތްވާ އަޑުއަހާހިތްވާ ބަޔަކަށް ހެދުން ކަމަށް މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހާމަކުރެއެވެ. އަދި ރަށްތަކުގެ މެދުގައި ވާދަވެރިކަމާއެއްކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކުރުން ކަމަށް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން